ކ. މާލެ
|
21 އޭޕްރިލް 2025 | ހޯމަ 18:40
އަތުހަރުގެ މަރުގެ މައްސަލަ ރަނގަޅަށް ބެލުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައި
އަތުހަރުގެ މަރުގެ މައްސަލަ ރަނގަޅަށް ބެލުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައި
ރާއްޖެއެމްވީ
އަތުހަރުގެ މަރު
އަތުހަރުގެ މަރުގެ މައްސަލައިގައި ފުލުހުންނަށް ދައުވާ ނުކުރަން ނިންމީ ހެކި ނެތުމުން - ޕީޖީ
އަތުހަރު ދޫނިދޫގައި ހައްޔަރުކޮށްފައި ހުއްޓާ ޖަލު ގޮޅީގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ 7:02 ހާއިރު

ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވަނިކޮށް މަރުވެފައިވާ އާދަމް އަތުހަރުގެ މަރުގެ މައްސަލައިގައި ފުލުހުންނަށް ދައުވާ ނުކުރަން ނިންމީ ހެކި ނެތުމުން ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މީހަކު މަރުވި މައްސަލައަކާ ގުޅިގެން އެ މައްސަލައިގައި ހިމެނޭ ދެ ފުލުހެއްގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ މި ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

މާލޭގައި މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ އަތުހަރު، ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި އޭނާ ދޫނިދޫގައި ހައްޔަރުކޮށްފައި ހުއްޓާ ޖަލު ގޮޅީގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ 7:02 ހާއިރު އެވެ.

އަތުހަރު މާލެ ގެނެސް އައިޖީއެމްއެޗްގެ އެމަޖެންސީއަށް ވެއްދުނީ އެ ރޭ 7:25 ހާއިރު އެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އަތުހަރު މަރުވީ މިދިޔަ ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ހަވީރު 4:08 ހާއިރު އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެމުން އެ ކޮމިޝަންގެ ތަރުޖަމާނު އަލީ ޒާޖިލް ޝަހީދު ވިދާޅުވީ މިހާރު ދެ ފުލުހަކަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓެވެ. އެކަމަކު، އޭނާ ދަންޖެހުނު ފަހުން ފުލުހުންނަށް އޭނާ ފެނުމާ ދޭތެރޭ 30 މިނެޓު ހޭދަވިކަން ފުލުހުން ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.

އަތުހަރުގެ މަރުގެ މައްސަލަ އެޗްއާރްސީއެމްގެ އިތުރުން ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ތަހުގީގު ކުރި އެވެ. އަދި އޭނާ އަމިއްލައަށް މަރުވާން ފުރުސަތު ލިބުނު ގޮތާ ގުޅިގެން ފުލުހުންގެ އިންޓާރނަލް ތަހުގީގެއް ވެސް ހިންގި އެވެ. ނަމަވެސް މިހާތަނަށް ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަން އަދި ފުލުހުންގެ އިންޓާރނަލް ތަހުގީގާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އަތުހަރުގެ ހަށިގަނޑު މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އިންޑިއާއަށް ގެންގޮސްގެން ޕޯސްޓްމޯޓަމް ހެދުމުން އޭނާ މަރުވީ ދަންޖެހިގެން ކަމަށް އޮޓޮޕްސީން ރިޕޯޓުން ދައްކާފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ފުލުހުން ހާމަކުރި ގޮތުގައި އޭނާ މަރުވީ އަމިއްލައަށް މަރުވާން ކުރި މަސައްކަތުން ލިބުނު ޒަހަމްތަކުންނެވެ. ނަމަވެސް އަތުހަރު މަރުވުމުގައި ފުލުހުންގެ އިހުމާލު ބޮޑު ކަމަށް އޭނާގެ އާއިލާގެ އިތުރުން އާންމު ވެސް ދިޔައީ ބުނަމުންނެވެ.

- ކޮމެންޓް