ކ. މާލެ
|
18 އޭޕްރިލް 2025 | ހުކުރު 15:28
މަރިޔަމް ޒުބެއިރު، އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން ވާހަކަދައްކަވަނީ
މަރިޔަމް ޒުބެއިރު، އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މަންދި ފުލުހަށް ހާޒިރުކުރުން
ފުލުހަށް ހާޒިރުވާން އަނެއްކާ ވެސް މަންދީ އަށް އަންގައިފި
ހާޒިރުވާން އެންގީ ރައީސްގެ ދަރިކަލުންނާއި ގުޅުވައި ދެއްކި ވާހަކައިގެ މައްސަލައިގައި
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މަންދިގެ ޖިންސީ ގުނަވަން ދިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި، އަޑުގެ ސާމްޕަލް ނެގުމަށް ތަހުގީގު ކުރިއަށް ގެންދާނެކަމަށް ބުނެފައިވޭ

ރައީސް ދަރިކަލުންނާއި ގުޅުވައި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދި) ދެއްކެވި ވާހަކައާއި ގުޅިގެން އަނެއްކާ ވެސް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

މަންދި ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އަށެވެ. ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ މަންދި ފުލުހަށް ހާޒިރުކުރަނީ ކުށެއްގެ ތުހުމަތުގައި ކަމަށެވެ. ހާޒިރުވާ އަންގާފައިވަނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.

އެގޮތުން މަންދި ހާޒިރުކުރަނީ 2025 މާޗް 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދިޔަ، ލައިވްކޮށް ބްރޯޑްކާސްޓް ކުރަމުން ދިޔަ އެއްވުމެއްގައި ސާޖިދާގެ ދަރިފުޅު ވޭޕް ބޯން ފެއްޓީމައޭ ބުނެ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މަންދި ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ކަމަށް ޗިޓްގައި ބުނެފައިވެ އެވެ.

ކުރެވޭ ތުހުމަތުގެ ހުލާސާ ނުވަތަ ކުރަމުންދާ ތަހުގީގުގެ ހުލާސާގައި ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގަށް، ކްރިމިނަލް ކޯޓުގެ އަމުެއްގެ ދަށުން މަންދިގެ ޖިންސީ ގުނަވަން ދިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި، އަޑުގެ ސާމްޕަލް ނެގުމަށެވެ.

މީގެ ކުރިންވެސް މަންދި ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ. ކުރިން އޭނާ ފުލުހަށް ހާޒިރުކުރީ މާލޭގައި އެމްޑީޕީ އިން ބޭއްވި މުޒާހަރާތަކާއި ރައީސް ދަރިކަލުންނާއި ގުޅުވައި ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.

- ކޮމެންޓް